އީވާގެ އާލާސްކަންފުޅު އަދިވެސް ރަނގަޅުނުވާތީ މިއަދުވެސް ޖަލްސާ ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާގެ އާލާސްކަންފުޅު އަދިވެސް ރަނގަޅުނުވާތީ ސަލާން ފޮނުއްވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލް ކޮށްފިއެވެ. މި މިއީ އީވާ އާލާސްކަންފުޅާ އ...

02 Nov 2023 | 04:42

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާގެ އާލާސްކަންފުޅު އަދިވެސް ރަނގަޅުނުވާތީ ސަލާން ފޮނުއްވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލް ކޮށްފިއެވެ.

މި މިއީ އީވާ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާ ކެންސަލް ކުރި ހަތަރުވަނަ ދުވަހެވެ.

އެގޮތުން މި ހަފްތާގެ އާދީއްތަ، ހޯމަ ބުދަ އަދި މިއަދު ޖަލްސާ ކެންސަލްކޮށްފައިމިވަނީ ނައިބުރައީސް ސަލާން ފޮނުއްވާފައިވާތީއެވެ.

މި ހަތަރު ދުވަހުވެސް އެޖެންޑާކުރަމުންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ ގަރާރެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލިސް ރައީސްގެ އިތުބާރުގެ މައްސަލަ ކުރިއަށްދާއިރު ރިޔާސަތު ބަލަހައްޓަވަންޖެހެނީ މަޖިލީހުގެ ނައިބުރައީސެވެ.

މި ހަމައިން ނިމިމިދާ ހަފްތާ އެކުގައިގެން ރައްޔިތުންގެ މަޖިލިސް މަރުތަޅެއްގައި އޮތް އިރު މިކަމަށް ހައްލެއް ހޯދަން އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ އަންނަ ހޯމަދުވަހުގެ ހެނދުނު 10:00 އަށް ވަނީ ތާވަލުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއިއެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް