ފެން ބިލުގެ ޖޫރިމަނާ މަޢާފުކޮށްދޭ މުއްދަތު ހަމަވަނީ

މޯލްޑިވްސް ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ ފަރާތުން ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން، 2019 ވަނަ އަހަރުން ފެށިގެން ހިންގަމުން އަ...

02 Nov 2022 | 16:58

މޯލްޑިވްސް ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ ފަރާތުން ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން، 2019 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ފެން ބިލުގެ ޖޫރިމަނާ މަޢާފުކުރުމުގެ ޕްރޮގްރާމްގެ މުއްދަތު 31 ޑިސެންބަރު 2022 ގެ ނިޔަލަށް ހަމަވާނެކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.

މިޕްރޮގްރާމުގެ ދަށުން، ފެން ބިލަށް ދައްކަންޖެހޭ ޖުމްލަ ފައިސާ މިމުއްދަތުގެ ތެރޭގައި އެއްފަހަރާ ދެއްކުމުން، އެބިލެއްގެ ޖޫރިމަނާ ފައިސާ އެއްކޮށް މަޢާފުކުރެވިގެން ދެއެވެ. އަދި ފެން ބިލަށް އެއްފަހަރާ ފައިސާ ނުދެއްކޭނަމަ، މިމުއްދަތުގެ ތެރޭގައި ބިލަށް ފައިސާ ދައްކާ އިންސައްތައިގެ ނިސްބަތުން، ޖޫރިމަނާ މަޢާފުކުރެވިގެން ވެސް ދެއެވެ.

މީގެ އިތުރުން ކަސްޓަމަރުން އެދިއްޖެނަމަ، މިމުއްދަތުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ބިލްތަކަށް ފައިސާ ދައްކާ ޚަލާސް ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.

އެހެންކަމުން މިއަހަރު ނިމުމުގެ ކުރިން މި ފުރުސަތުގެ ބޭނުން ހިފައި، މުސްތަޤްބަލުގައި ޖޫރިމަނާ އެރިޔަނުދީ، ބިލްތަކަށް ޤަވާއިދުން ފައިސާ ދެއްކުމަށް އެމްޑަބްލިޔުއެސްސީން ވަނީ އިލްތިމާސް ކޮށްފައެވެ.

މިޕްރޮގްރާމް އާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އެމްޑަބްލިޔުއެސްސީގެ ހޮޓްލައިން 105 އަށް ގުޅުމުން، އިތުރު މައުލޫމާތު ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް