އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އިދާރާތަކުގެ ފަރާތްތަކަށް ޓީ.އޯ.ޓީ ތަމްރީން ޕްރޮގްރާމެއް ހިންގައިފި

އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި އިދާރާތަކުގެ ފަރާތްތަކަށް ޚާއްސަކުރެވިގެން ޓީ.އޯ.ޓީ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ހު...

02 Nov 2022 | 16:47

އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި އިދާރާތަކުގެ ފަރާތްތަކަށް ޚާއްސަކުރެވިގެން ޓީ.އޯ.ޓީ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމު ކުރަމުންދާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުން ތަމްރީނު ކުރާނޭ ފެސިލިޓޭޓަރުން ތައްޔާރުކުރުމަށް ހިންގުނު ޕްރޮގްރާމެއްކަމުގައި ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި ކ. ތުލުސްދޫގައި ނޮވެންބަރު 1 – 2 އަށް 30 ބައިވެރިންނާއެކު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ޔުނިސެފް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، މިނިސްޓްރީ އޮފް ހެލްތް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ހިމެނެއެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ދެއްކެވި ވާހަކަފުޅުގައި އިބަމަ މެންބަރުން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަށް އަލިއަޅުއްވާލައްވައި، މުޢައްސަސާތަކުގެ ދައުރުގެ އިތުރުން އިބަމަ މެންބަރުން އިޖުތިމާޢީ ޚިދުމަތް ދިނުމަށް ކުރައްވާ މަސައްކަތް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކ.ތުލުސްދޫއަށް ކުރެއްވި މިދަތުރުފުޅުގައި ކ.ތުލުސްދޫ ރަށު ކައުންސިލްއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ބައްދަލުކުރައްވާ ކ. އެފް.ސީ.އެސް.ސީ އަލުން ޤާއިމުކުރެއްވުމަށްޓަކައި މިނިސްޓްރީއިން ގެންގުޅުއްވާ ތަސައްވަރު ކައުންސިލްގެ މެންބަރުންނާއި ހިއްސާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް