ދިގުރަށު ބަނދަރު މަޝްރޫއު ފެށުމަށް ތައްޔާރުވެއްޖެ

އދ. ދިގުރަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެ އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެ ކުންފުނިން ބުނީ މަސައްކަތް ފެށުމަށް މިދިޔަ މަހުގެ ...

02 Nov 2022 | 14:50

އދ. ދިގުރަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެ އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.

އެ ކުންފުނިން ބުނީ މަސައްކަތް ފެށުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 64,416 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 6,770 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 294 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ.

މީގެ އިތުރުން 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2324 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން ހިމެނެ އެވެ. އެ ކުންފުނިން ބުނީ މަޝްރޫއު ނިމޭއިރު ރޭމްޕެއް ހެދުމާއި، ޖެޓީ އެއް ހެދުމާއި، އޭޕްރަންއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މި މަޝްރޫޢަކީ 53.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް