ސްކޫލް ދަރިވަރުންގެ ތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ޓީޗަރެއްގެ ބޯފަޅާލައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލްގައި އެވެ. މި މާރާމާރީ ހިނގާފައިވަނީ ގްރޭޑް އަށަކާއި ނުވައެއްގެ ކުއްޖެއްގެ މެދުގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެކުނުގެ ރަށެއްގެ ސްކޫލުގައި ކުދިންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.
ތަފްސީލް ހާމަނުކުރީ ކުޑަކުދިން ހިމެނޭ މައްސަލައަކަށް ވުމުން، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާތީ އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަނިޔާވީ ދެ ކުދިން މާރާމާރީ ހިންގަން ފެށުމުން އެކަން ހުއްޓުވަން އުޅުނު ޓީޗަރަށެވެ. އެ ޓީޗަރަށް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
އެ ޓީޗަރަކީ ގްރޭޑް އަށެއްގެ ކްލާހުގައި ކިޔަވައިދޭން ހުރި ޓީޗަރެވެ. މާރާމާރީ ހިންގީ އެ ކްލާސް ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް