ޖިނާއީ ބޮޑެތި ތުހުމަތުތަކުގައި ހައްޔަރު ކުރާ މީހުން ބަންދުގައި ބޭތިއްބޭނެ މުއްދަތު އިތުރު ކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.
އެގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސް ކޮށްފައިވަނީ، ޖިނާއީ ބޮޑެތި ތުހުމަތުތަކުގައި ހައްޔަރު ކުރާ މީހުން ބަންދުގައި ބޭތިއްބޭނެ މުއްދަތު ތިން މަސް ދުވަހަށް އިތުރު ކުރާށެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢުއެވެ. މި ބިލަށް އެ ކޮމިޓީން ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުން ބަންދުގައި ބެހެއްޓޭ މުއްދަތާއި، އެފަދަ ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ ތަހުގީގު ދިގު ދަންމަން ބޭނުންވާނަމަ އެ މުއްދަތު އިތުރުކުރުމަށް ކޮމިޓީން ފާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް