ޗާގޯސް މައްސަލައިގާ ސަރުކާރުން ގޯހެއް ހަދާފައިވޭތޯ ބެލުމަށް އެމްއެންޕީން ގަރާރެއް

ޗާގޯސް މައްސަލައިގާ ސަރުކާރުން ގޯހެއް ހަދާފައިވޭތޯ ކަށަވަރުކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަ...

02 Nov 2022 | 07:16

ޗާގޯސް މައްސަލައިގާ ސަރުކާރުން ގޯހެއް ހަދާފައިވޭތޯ ކަށަވަރުކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އެ ޕާޓީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ.

އެ ޕާޓީން ހުށަހެޅި ގަރާރުގައި ކަށަވަރުކުރަން ހުށަހަޅާފައިވަނީ ކުރިން މޮރިޝަސް އާއި ދެކޮޅަށް ވޯޓު ދިނުމަށްފަހު މިހާރު ސިޔާސަތު ބަދަލުކުރި ސަބަބާއި އޭގެ ވަށައިގެންވާ ކަންކަމާއި ސިޔާސަތު ބަދަލުކުރުމުގައި ގޯހެއް ހަދާފައިވޭތޯއާއި ފައިސާ އާއި ނުފޫޒެއް ފޯރާފައިވޭތޯ ކަށަވަރު ކުރުމަށް އެމްއެންޕީގެ ގަރާރުގައި ހުށަހަޅާފައިވެއެވެ.

މި ގަރާރަށް ބަހުސް މަރުހަލާ މިއަދު ފަށާފައިވާއިރު ރައީސް ސޯލިހްގެ ހާއްސަ ސިޓީފުޅެއް މޮރިޝަސްގެ ރައީސަށް ފޮނުވިރު މިފަދަ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ހޯދާފައިނުވާތީއާއި ރައްޔިތުންނަށް މި މައްސަލައިގާ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާތީ އެކަންކަމުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް