އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ޕްރިންސަސް ކޭޓް މިޑްލްޓަންއަށް ހަތަރު ވަނަ ދަރިއަކު ލިބެން އުޅޭކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިވާހަކަ ބައިނަލް އަގުވާމީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވަނީ ޝާހީ އާއިލާގެ ގާތް މީހުންނާއި ހަވާލާދީ އެވެ. ރަސްމީ އެއްވެސް ފަރާތަކުން މިކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކޭޓަށް ހަތަރުވަނަ ދަރިފުޅަށް ބަލިވެ އިންކަން އެނގުނީ މާމާފުޅު އަދި ކުރީގެ ރާނީ އެލިޒަބަތް ދޭއް އަވަހާރަވުމަށް ކައިރިވެފައި ވަނިކޮށެވެ. އަދި ރާނީ މަރުގެ ތުންފަތްމަތީގައި އޮއްވަ އެ އުފާވެރި ހަބަރު ހިއްސާކޮށްފައިވާ ކަމަށްވެ އެވެ.
އެމީހަކު ބުނީ ރާނީ އެހާލަތު އޮންނަވަނިކޮށްވެސް އުފާވެރި އެ ހަބަރު ހިއްސާ ކުރަން ނިންމީ އެކަމަނާއަކީ މާމަ އަދި މުނިމާމަ ދަރިކަނބަލުންނާއި ދަރިކަލުން ދެކެ ހާއްސަ ލޯތްބެއްވާ ބޭފުޅަކަށްވާތީ އެވެ.
ޕްރިންސަސް ކޭޓް އިތުރު ދަރިއަކު ބޭނުންވެގެން އުޅޭތާ ދެ އަހަރު ވެއްޖެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަން އެނގިގެން ދިޔައީ މިއަހަރުގެ ކުރީކޮޅު ތުއްތު ކުދިންގެ ޑިވެލޮޕްމެންޓާއި ގުޅޭ ބައްދަލުވުމެއްގައި ޕްރިންސް ވިލިއަމް ވަނީ ޖޯކަކަށް ހަދައި އެފަދަ ބައްދަލުވުންތަކަށް ފަހު ގަނޑުވަރަށް ވަޑައިގެން ކޭޓް ދައްކަވާނީ ދަރިއަކު ހޯދަން ބޭނުންވާ ވާހަކަ ކަމަށް ވިދާޅުވެފައިވާތީ އެވެ.
ޝާހީ އާއިލާއަށް މެމްބަރަކު އިތުރުވާނަމަ ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނު ކުރެ އެވެ. މިދިޔަ ސެޕްޓެމްބަރު އަށް ވަނަ ދުވަހު ރާނީ އެލިޒަބަތު އަވަހާރަ ވުމުގެ ކުރިން ޕްރިންސަސް ކޭޓަށް ދަރިއަކު ލިބެން އުޅޭކަން އެނގުނު ނަމަ މިހާ ދުވަސްވީއިރު އެކަން ރަސްމީކޮށް ހާމަ ނުކުރާތީ މި ހަބަރުގެ ސައްހަކަމާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.
ޕްރިންސް ވިލިއަމްގެ ދެކަނބަލުގެ މިހާރު ތިން ބޭފުޅުން އެބަތިއްބެވި އެވެ. އެއީ ޕްރިންސް ޖޯޖް، ޕްރިންސަސް ކާލޮޓް އަދި ޕްރިންސް ލުއިސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް