ކުދި ރަށްރަށަށް ބަގީ ވައްތަރުގެ ކުދި އެމްބިއުލޭންސް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން: ހެލްތު މިނިސްޓަރު

ކުދި ރަށްރަށަށް ބަގީ ވައްތަރުގެ ކުދި އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ނަސީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދ...

02 Nov 2022 | 05:12

ކުދި ރަށްރަށަށް ބަގީ ވައްތަރުގެ ކުދި އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ސުވާލުކުރައްވަމުން ޝިފާއު ދެންނެނެވީ ރާއްޖޭގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމިގައި ވަޒީރަކީ ތާރީހުގައި ނަން ލިޔެވިގެންދާނެ ވަޒީރެއް ކަމަށާއި އަދި އެކަން ކުރެއްވީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރަށް ހާލުގައި އޮއްވާކަމަށެވެ.

އެއަށްފަހު ކުރެއްވި ސުވާލުގައި މެންބަރު ވަޒީރު ކުރެން އެއްސެވީ ދެން ރަށަށް އެމްބިއުލާންސް ލިބޭނެ އިރެކެވެ.

ޖަވާބުގައި ވަޒީރު ވިދާޅުވީ ކުދި ރަށްރަށުގެ މަގުމަގަށް ބޮޑެތި އެމްބިއުލާންސް ހެޔޮވަރު ނުވުމުގެ މައްސަލަވެސް އޮތަތީ ކުދި ރަށްރަށަށް ބަގީ ވައްތަރުގެ ކުދި އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.

އެ އެމްބިއުލާންސްތައް ހޯދަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޗައިނާއިންކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް