ރާއްޖޭގެ ސަރަހައްދު ދިފާއުކުރުމުގައި އަޅުގަނޑުމެންވެސް މިތިބީ ކަމަރު ބަނދެގެން: އިމްރާން

ރާއްޖޭގެ ސަރަހައްދު ދިފާއުކުރުމުގައި ހުންނެވީ ކަމަރު ބަނދެގެންކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިހާރު ނޫހުގައި 2019 ވަނަ އަހަރުގެ މެއި މަހުގެ 24 ވ...

02 Nov 2022 | 01:45

ރާއްޖޭގެ ސަރަހައްދު ދިފާއުކުރުމުގައި ހުންނެވީ ކަމަރު ބަނދެގެންކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިހާރު ނޫހުގައި 2019 ވަނަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ހަބަރެއް ޓްވީޓް ކުރައްވަމުންނެވެ.

"މޮރީޝަސް އާ ދެކޮޅަށް ވޯޓު ދިނީތީ ސަރުކާރުން މާފަށް އެދެންޖެހޭނެ: ޕީޕީއެމް" މި ސުރުހީގައި ލިޔެފައިވާ އެ ހަބަރަކީ ޗާގޮސް މޮރީޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާއި ދެކޮޅަށް ރާއްޖެއިން 2019 ވަނަ އަހަރު ވޯޓު ދިނުމުން އިދިކޮޅު މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އޭރު ނެރުނު ބަޔާނެއްގެ މައްޗަށް ލިޔެފައި އޮތް ހަބަރެކެވެ. އޭރު މޮރިޝަސް އާއި ދެކޮޅަށް ވޯޓު ދިނީތީ އެކަން ކުށްވެރިކޮށްފައިވާއިރު މިހާރު މޮރިޝަސް އާއި އެއްކޮޅަށް ވޯޓުދޭތީ އެކަންވެސް އަންނަނީ ކުށްވެރި ކުރަމުންނެވެ.

ވިސްނާ ފިކުރުކުރާ ބަޔަކަށް، މި ހިނގާ ބަހުސްގެ ހަގީގަތް އެނގުމަށް އެވަރުން ފުދޭނެތޯ؟ މިނިސްޓަރު އިމްރާންގެ ޓްވީޓްގައި ސުވާލު އުފައްދަވާފައިވެއެވެ.

https://twitter.com/ShimranAb/status/1587614130067755009

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް