80 އަހަރު ފަހުން އިންޑިއާއިން ފެހި ލޯފިނދެއް ފެނުމުން އީކޮލޮޖިސްޓުން އުފަލުން ފޮޅިއްޖެ

ދޮންދޫނި އަދި ލޯފިނދުގެ ބާވަތެއް ކަމުގައިވާ "އެމަރަލްޑް ޑްރެގަންފްލައި" (ދޮންދޫނިލޯފިނދު) 80 އަހަރު ފަހުން، އިންޑިއާގެ ކެރެލާގައި ގާއިމް ކޮށްފައިވާ ޕެރިޔާރު ޓައިގަރ ރިޒާވުން ފެނުމުން އެ ރިޒާވުގައި މަސ...

02 Nov 2017 | 05:39

ދޮންދޫނި އަދި ލޯފިނދުގެ ބާވަތެއް ކަމުގައިވާ "އެމަރަލްޑް ޑްރެގަންފްލައި" (ދޮންދޫނިލޯފިނދު) 80 އަހަރު ފަހުން، އިންޑިއާގެ ކެރެލާގައި ގާއިމް ކޮށްފައިވާ ޕެރިޔާރު ޓައިގަރ ރިޒާވުން ފެނުމުން އެ ރިޒާވުގައި މަސައްކަތްކުރާ އީކޮލޮޖިސްޓުން އަދި އޮފިޝަލުން އުފަލުން ފޮޅިއްޖެ އެވެ.

"އާނ އަހަރެމެން މިތިބީ ހަމަ ވަރަށް އުފަލުން، ޕީޓީއާރުން އައު އެއްޗެއް ފެންނަ ކޮންމެ ފަހަރަކު އަހަރެމެން ވަރަށް އުފާވާނެ" ޕީޓީއާރުގެ އީކޮލޮޖިސްޓެއް ކަމުގައިވާ ޖޭ ޕެޓްރިކް ޑޭވިޑް ބުނެފައި ވެ އެވެ.

މި ބާވަތުގެ ލޯފިނދެއް އެންމެ ފަހުން އެ ސަރަހައްދުން ފެނިފައިވަނީ 1934 ވަނަ އަހަރު ކަމަށް ޕީޓީއާރުން ބުނެފައި ވެ އެވެ.

ޖޭ ޑޭވިޑް ބުނެފައިވަނީ މި ބާވަތުގެ ލޯފިނދު އެތައް ޒަމާނެއް ފަހުން ފެނުމީ އެ ރިޒާވަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ކޮންމެ އަހަރަކު އެތައް ހާސް ފަތުރުވެރިންނެއް އެ ރިޒާވަށް ޒިޔާރަތް ކުރާއިރު މި ލޯފިނދު އެ ރިޒާވުން ފެނުމުން އެ ފަތުރުވެރިންވެސް އުފާވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް