ދުނިޔޭގެ ނިސްބަތުން ވިޔަފާރި ކުރަން އެންމެ ފަސޭހަ ގައުމުތަކުގެ ރޭންކިންގައި ރާއްޖެ އެއް ދަރަޖަ ފަހަތައް ވެއްޓިއްޖެ އެވެ.
މި ރިޕޯޓް އިއްޔެ އާއްމު ކޮށްފައިވާއިރު މިދިޔަ އަހަރު ރާއްޖެ އޮތީ ލިސްޓުގެ 135 ވަނައިގަ އެވެ. އޭގެ ކުރީ އަހަރު 128 ވަނައިގާ އޮތް އިރު މި އަހަރު ލިބިފައިވަނީ 136 ވަނަ އެވެ. މިދިޔަ އަހަރު ހަ ދަރަޖަ ފަހަތަށް ދިޔަ އެވެ.
ރާއްޖެ އެއް ދަރަޖަ ދަށަށް ގޮސްފައިވާއިރު މި ލިސްޓުގެ ގަދަ 50 ގައުމުގެ ތެރޭގައި ރާއްޖެ ހިމަނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އެކޮނަމިކް މޮނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
އެކޮނޮމިކް މިނިސްޓްރީގައި ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމެއް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ވޯލްޑް ބޭންކުގެ ޑުއިން ބިޒްނަސް ރޭންކިން ރަނގަޅުކުރުމަށާއި ވޯލްޑް ބޭންކުން ހަދާފައިވާ ރިފޯމް މެމޮރެންޑަމްގައި ރަނގަޅުކުރުމަށް ފާހަގަކޮށްފައިވާ ކަންތައްތަކަށް އަމަލީ ސިފައެއް ގެނެސް، އެކަންކަން ކުރުމަށް ޓަކައި ސަރުކާރުގެ މުހިންމު ވުޒާރާތަކާއި ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް