# ޑެއިލީ މިރާ
* ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ބަލިވި ނަމަވެސް އެންޓޯނިއޯ ކޮންޓޭ އަށް ޗެލްސީގެ ބޯޑުގެ ފުރިހަމަ އިތުބާރު އަދިވެސް އެބައޮތް.
* އާދިއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެނަމަ ޗެލްސީ ދެން މި ސީޒަނުގެ ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރާ ޓީމުތަކުގެ ތެރޭގައި ނުހިމެނޭނެ ކަމަށް ޗެލްސީގެ ގޯލްކީޕަރ ތިބައޫ ކޯޓުއާ ބުނެފި.
# ދަ ގާޑިއަން
* އިންގްލެންޑުން ޖަރުމަނާއި ބްރެޒިލްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ނަގާ ސްކޮޑުގައި ޖެކް ވިލްޝެއާ ނުހިމަނާނެ. އޭގެ ބަދަލުގައި ކޯޗު ގެރެތު ސައުތުގޭޓް ފުރުސަތު ދޭން ނިންމާފައިވަނީ ހެރީ ވިކްސް އަށް.
# ދަ ޑެއިލީ ޓެލެގްރާފް
* އެވަޓަންގެ ކޯޗުގެ މަގާމުގައި ދެމި ހުންނަން ބޭނުންނަމަ ކުރިއަށް ދެ މެޗުން މޮޅުވުން މަޖުބޫރުކަމަށް ޑޭވިޑް އަންސްވޯތު ބުނެފި
* ޔުނައިޓެޑާ ދެކޮޅަށް އާދިއްތަ ދުވަހު ޗެލްސީ ކުޅޭ މެޗަށް ކާންޓޭ ނެރެވޭތޯ ޗެލްސީގެ މެޑިކަލް ސްޓާފުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ.
# ދަ އިންޑިޕެންޑެންޓް
* އާސެނަލްގައި ޖެކް ވިލްޝެއާގެ މުސްތަޤުބަލް އޮތް ގޮތެއް ޑިސެމްބަރުގައި ނިންމާނެކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި
# ޑެއިލީ މެއިލް
ފުރަތަމަ ފަހަރަށް ރެއަލް މެޑްރިޑް ބަލިކުރުމަށްފަހު، ކޮންމެ ޓީމަކާ ވާދަކުރެވޭ ފެންވަރުވެސް ޓޮޓެންހަމްގެ ކިބައިގައި އެބަހުރި ކަމަށް ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ބުނެފި
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް