ޗެމްޕިއަންސް ލީގުގެ ގްރޫޕް އީ ގައި ރޭ ކުޅެވުނު މެޗުތަކުން ލިވަޕޫލް އާއި ސެވިއްޔާ މޮޅުވެއްޖެއެވެ. އިންގްލެންޑްގެ ލިވަޕޫލް މޮޅުވީ 3-1 ގެ ނަތީޖާއިން ސްލޮވީނިއާގެ މަރިބޯ އަތުންނެވެ. ސްޕެއިންގެ ސެވިއްޔާ އިން ވަނީ 2-1 އިން ސްޕާޓަކް މޮސްކޯ ބަލިކޮށްފައެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މުޙައްމަދު ސަލާހް، އެމްރީ ކޭން އަދި ޑެނިއެލް ސްޓަރިޖެވެ. ރޭގެ މެޗުގައި ދެ ޓީމަށްވެސް ޕެނަލްޓީއެއް ލިބި ވަނީ ނާކާމިޔާބު ވެފައެވެ.
ސެވިއްޔާ އިން ސްޕާޓަކް ބަލިކުރީ ލެންގްލެޓް އާއި ބަނޭޖާ ކާމިޔާބު ކޮށްދިން ލަނޑުތަކުންނެވެ. ސްޕާޓަކްގެ ލަނޑު ކާމިޔާބު ކޮށްދިނީ ޒީ ލުއިސްއެވެ.
މި ނަތީޖާ ތަކާއެކު ގްރޫޕް އީ ގެ އެއް ވަނައިގައި 8 ޕޮއިންޓް ހޯދައިގެން ލިވަޕޫލް އޮތްއިރު، ދެ ވަނައިގައި އޮތް ސެވިއްޔާއަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. 5 ޕޮއިންޓާއެކު 3 ވަނައިގައި ސްޕާޓަކް އޮތްއިރު ތާވަލުގެ ފުލުގައި އޮތް މަރިބޯއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެހެންކަމުން މި ގްރޫޕުން ރައުންޑް އޮފް 16 އަށް ދަތުރު ކުރާނެ ޓީމުތައް އަދި ކަށަވަރު ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް