ސްމާޓްފޯނު މާކެޓްގައި ސެމްސަންގް ކުންފުންޏަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ބެޓެރީ މައްސަލަ ބޮޑުވެ މާކެޓުން އަނބުރާ ނަގަން ޖެހުނު ނޯޓް 7ގެ މައްސަލަ އެވެ. ބެޓެރީ ގޮވާ މައްސަލައާއި އަލިފާން ރޯވާ މައްސަލައިގާ ނޯޓު 7 މާކެޓުން ނެގުމަށްފަހު ނޯޓް 8 އާއިގެން ސެމްސަންގް އަނބުރާ މާކެޓަށް އައީ ފޮނި އުންމީދު ތަކަކާއިގެންނެވެ.
ނަމަވެސް ނޯޓް 8އަށް މިވަނީ އަނެއްކާ ކޮންމެވެސް ވަރެއްގެ ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފަ އެވެ. މިފަހަރު ނޯޓް 8 ފްރީޒް ވާ މައްސަލަ އެވެ. ދިވެހި ބަހުން ބުނާނަމަ ފޯނު ހުއްޓުން އަރާ މައްސަލަ އެވެ. އެގޮތުން ގިނަ ޓާސްކްތަކެއް ފުރިހަމަ ކުރުމުގައްޔާއި ގިނަ އެޕްލިޝަންތަކެއް ރަން ކުރުމުގައި ނޯޓް 8 ހުއްޓުން އަރާ ކަމަށް ސެމްސަންގް ފޯރަމްގައި ރިޕޯޓް ކޮށްފައި ވެ އެވެ.
އެގޮތުން ސްޕީޑް ޑަޔަލް ބޭނުން ކުރުމުގައްޔާއި، އެންމެ ފަހުން ގުޅާފައިވާ މީހުންގެ ލިސްޓުން މީހަކަށް ގުޅާއިރުގައްޔާއި، ކޮންޓެކްޓްސް ހުޅުވާއިރު އަދި ޕޮކިމޮން ގޯ ފަދަ ގޭމްތައް ކުޅޭއިރު އަދި މީގެ އިތުރުން ވީޑިއޯ ކޯލް ކުރާއިރު ނޯޓް 8 ހުއްޓުން އަރާކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.
ނަމަވެސް މި ހުރިހާ ކަމަކީ ސޮފްޓްވެއާ އާއި ގުޅުން ހުރި މައްސަލަތައް ކަމުގައިވާއިރު ދެން އަންނަ އަޕްޑޭޓަކާއިއެކު މި ހުރިހާ މައްސަލައެއް ހައްލު އައުން އެކަށީގެން ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް