އެންމެ ބޮޑު ޓެރަރިސްޓް ކަމުގައި ކަނޑައަޅައި މަރާލާފައިވާ އޮސާމާ ބިން ލާދިން ބޭނުންކުރި ކޮމްޕިއުޓަރެއްގައި ހުރި ޑާޓާ، އެމެރިކާގެ ސީއައިއޭ އިން އާއްމު ކޮށްފި އެވެ.
އޮސާމާ ގެންގުޅުނު ކަމަށްބުނާ ފޮތްތަކުގެ ލިސްޓު މީގެ ކުރިން ސީއައިއޭއިން އާއްމު ކޮށްފައިވާއިރު މިފަހަރު އާއްމު ކުރި ޑާޓާތަކުގެ ތެރޭގައި ހިމެނެނީ އޮސާމާ އޭނާގެ ކޮމްޕިއުޓަރަށް ޑައުންލޯޑް ކޮށްފައިހުރި ބައެއް ވީޑިއޯއާއި ގޭމްތަކުގެ މައުލޫމާތެވެ. އަދި ބައެއް އިތުރު ޑޮކިއުމެންޓްތަކުގެ މައުލޫމާތެވެ.
އެގޮތުން ޔޫޓިއުބްގައި ވައިރަލްވި ވީޑިއޯއެއް ކަމުގައިވާ "ޗާލީ ބިޓް މައި ފިންގަރ" ވީޑިއޯ އާއި "ލޫޒް ޗޭންޖް 2" ނަމަކަށް ކިޔާ ވީޑިއޯއެއް ޑައުންލޯޑް ކޮށްފައިވާކަމަށް ސީއައިއޭއިން ބުނެފައި ވެ އެވެ. އަދި އެންމެ ގިނައިން ޑައުންލޯޑް ކޮށްފައިވަނީ "އެނައިމް" ގޭމްތައް ކަމަށާއި އޭގެ ތެރޭގައި "ޒޫމާ ޑިލަކްސް"، "ސްނައިޕަރު އެލައިޓް: ނާޒީ ޒޮމްބީ އާމީ 2" ގެ އިތުރުން ގިނަ އަދަދަކަށް އެނައިމް ބަރަހަނާ ވީޑިއޯގޭމް އެ ކޮމްޕިއުޓަރަށް ޑައުންލޯޑް ކޮށްފައިވާކަމަށް ސީއައިއޭއިން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް