ޓެކްނޮލޮޖީ ދުނިޔޭގަރި "ރޭޒަރ" މި ނަން ކިޔާ ކުންފުންޏެއް އުޅޭކަން ގިނަ ދިވެހިންނަށް ނުއެނގިދާނެ އެވެ. އެހެންނަމަވެސް ލެޕްޓޮޕާއި، ގޭމް ކުޅުމަށް ހާއްސަ އާލާތްތައް އުފެއްދުމުގައި ރޭޒަރ އަކީ އަބަދުވެސް އުހުގައި އުޅޭ ކުންފުންޏެކެވެ.
ކޮންމެއަކަސް މި ކުންފުނިން މިވަނީ ސްމާޓް ފޯނުގެ ބާޒާރަށް ވަދެފަ އެވެ. މި ކުންފުނީގެ ފުރަތަމަ ސްމާޓް ފޯނު އިއްޔެ ދައްކާލާފައިވާއިރު މި ފޯނުގެ ބައެއް ހާއްސަ ކަންކަމަށް ބަލައިލާނަމެވެ.
- ހިމަނާފައިވަނީ ކުއަލްކޮމް އަލްޓްރާ ސްޕީޑް ސްނެޕްޑްރެގަން 835މަރުކާގެ ޗިޕެއް (މިއީ ގޫގަލް ޕިކްސެލް 2 އަދި ސެމްސަންގް ގެލެކްސީ އެސް 8 މޮޑެލް ފޯނުގައިވެސް ހިމަނާފައިވާ ޗިޕް މޮޑެލް)
- ބެޓެރީ ބާރު : 4000 އެމްއޭއެޗް
- ރޭމް: 08 ޖީބީ
- އިންޓާނަލް ސްޓޯރޭޖް 64 ޖީބީ (މައިކްރޯ އެސްޑީ ކާޑު ބޭނުން ކުރެވޭ)
- ފަހަތު ކެމެރާ 12 މެގަޕިކްސެލްގެ ދެ ކެމެރާ، އެއް ކެމެރާ ވައިޑް އޭންގަލް އަށް އަދި ދެވަނަ ކެމެރާ ޓެލެފޮޓޯ އަށް ހާއްސަ
- ކުރިމަތީ ކެމެރާ 08 މެގަޕިކްސެލް
- އިތުރު ބައެއް ފީޗަރ ތައް ފިންގަރ ޕްރިންޓް ސެންސަރ، އެންއެފްސީ – ފޯނުގައި އޯއެސްގެ ގޮތުގައި ހިމަނާފައިވަނީ އެންޑްރޮއިޑް ނޯގަޓް 7.1 ނަމަވެސް އެންޑްރޮއިޑް އޯރިއޯ 8.0 އަށް އަޕްގްރޭޑް ކުރެވޭ.
މި ފޯނުގައި ހިމަނާފައިވަނީ 5.72 އިންޗީގެ 120 ހާޓްޒްގެ ޑިސްޕްލޭ އެކެވެ. ފާހަގަ ކޮށްލަންޖެހޭ އެއް ކަމަކީ މިއީ މިވަރުގެ ޑިސްޕްލޭއެއް ފޯނެއްގައި ހިމެނި ފުރަތަމަ ފަހަރު ކަމެވެ. އައިޕެޑް ޕްރޯ ޓެބްލެޓްގައި މީގެ ކުރިން 120 ހާޓްޒްގެ ޑިސްޕްލޭއެއް ހިމަނާފައި ވެ އެވެ.
ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ މި ފޯނުގެ އަގަކީ 699 ޑޮލަރެވެ. ވިއްކަން ފަށާނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް