ކުރީގެ ލޯބިވެރިޔާއަށް 144 ހެޔޮބަސް ލިޔުމަށް ކޯޓަކުން އަމުރުކޮށްފި

ކޯޓު އަމުރަކާއި ހިލާފުވެގެން ކުރީގެ ލޯބިވެރިޔާއަށް 144 ހެޔޮބަސް ލިޔުމަށް އެމެރިކާގެ ހަވާއީގެ ކޯޓަކުން އަމުރުކޮށްފިއެވެ. ޑެރެން ޔޯންގްގެ މައްޗަށް މި އަމުރު ކޮށްފައިވަނީ ރައްކާތެރިކަން ފޯރުކޮށްދޭން ކޯޓު...

01 Nov 2017 | 23:26

ކޯޓު އަމުރަކާއި ހިލާފުވެގެން ކުރީގެ ލޯބިވެރިޔާއަށް 144 ހެޔޮބަސް ލިޔުމަށް އެމެރިކާގެ ހަވާއީގެ ކޯޓަކުން އަމުރުކޮށްފިއެވެ.

ޑެރެން ޔޯންގްގެ މައްޗަށް މި އަމުރު ކޮށްފައިވަނީ ރައްކާތެރިކަން ފޯރުކޮށްދޭން ކޯޓުން އަމުރުކޮށްފައިހުރި އޭނާގެ ކުރީގެ ލޯބިވެރިޔާއަށް 144 ފަހަރު ގުޅުމުގެ އިތުރުން ގޮތްނެތް މެސެޖްތަކެއް ފޮނުވުމުންނެވެ. މިއަހަރުގެ ފެބްރުއަރީ މަހު ނެރުނު މި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އަމުރުގެ ދަށުން ޔޯންގް އަށް އޭނާގެ ކުރީގެ ލޯބިވެރިޔާއަށް ގުޅުން ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް މި އަމުރު ނެރުނުތާ އެންމެ ދެމަސް ދުވަހުގެ ތެރޭގައި ޔޯންގް ވަނީ ތިން ގަޑިއިރު ތެރޭގައި 144 ފަހަރު އޭނާގެ ކުރީގެ ލޯބިވެރިޔާއަށް ގުޅާފައެވެ.

މި ކުށަށް ކޯޓުގައި ޔޯންގް އިއުތިރާފްވުމުން އޭނާއަށް ދިން އަދަބުގައި ލޯބިވެރިޔާއަށް 144 ހެޔޮބަސް ލިޔުންވަނީ ހިމަނާފައެވެ. އެއީ ގުޅި ކޮންމެ ފަހަރަކަށް އެއް ހެޔޮބަސް ކަމުގައި ހުކުމުގައި ވަނީ ބުނެފައެވެ. އަދި އެއްވެސް މެސެޖެއް ތަކުރާރު ނުކުރެވޭނެކަންވެސް އެހުކުމުގައި ވެއެެވެ.

މީގެ އިތުރުން ދެހާސް ހަތަރުސަތޭކަ ޑޮލަރުން ޖޫރިމަނާކޮށް، ދެއަހަރުގެ ޕްރޮބޭޝަންގެ އިތުުރުން 200 ގަޑިއިރުގެ އިޖުތިމާއީ މަސައްކަތް ކުރުމަށްވެސް ޔޯންގް ގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް