އައިއީޑީ މައުލޫމާތު ލިބުނީ 4:00ގައި؛ މިހާރު ވަނީ ޑިފިއުޒް ކުރެވިފައި

ވެހިކަލެއްގައި އައިއީޑީއެއް ކަމަށް ބެލެވޭ އެއްޗެއް އެއްޗެއް ހުރިކަމުގެ މައުލޫމާތު ލިބުނީ 4:00ގައި ކަމަށާއި މިހާރު އެ ޑިފިއުޒް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން ނެރުނު އ...

02 Nov 2015 | 17:32

ވެހިކަލެއްގައި އައިއީޑީއެއް ކަމަށް ބެލެވޭ އެއްޗެއް އެއްޗެއް ހުރިކަމުގެ މައުލޫމާތު ލިބުނީ 4:00ގައި ކަމަށާއި މިހާރު އެ ޑިފިއުޒް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ނެރުނު އިއުލާނުގައި ބުނެފައިވަނީ މުލިޔާގެ ކައިރީ ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުގައި ޕާރކް ކޮށްފައިއޮތް ވެހިކަލެއްގައި އައިއީޑީއެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އިންޓެލިޖެންސް އަށް މިއަދު ހަވީރު 4:00 ހާއިރު ވަނީ ލިބިފައިވާ ކަމަށާްި މިމަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ކަމާއި ބެހޭ ޔުނިޓްތަކުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މި ޝައްކުކުރެވުނު އައިއީޑީ ހޯދާ މާފަންނު ސްޓޭޑިއަމްއަށް ގެންދެވި މި އައިއީޑީ ވަނީ ޑިފިއުސް ކުރެވިފައި ކަމަށެވެ.

"މި ހާދިސާ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ބޭނުންވާ އެހީތެރިކަން އެމްއެންޑީއެފުން ދަނީ ފޯރުކޮށްދެމުން" އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށްބުނީ ހިންގި މި ޚާއްޞަ އޮޕަރޭޝަނުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށްޓަކައި މި ފުރުސަތުގައި ޝުކުރުދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް