އަދީބުގެ ބަންދުގެ މުއްދަތު އިތުރުކުރީ ރަނގަޅަށް: ހައިކޯޓް

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން ގައުމަށް ގައްދާރުވިކަމުގެ ތުހުމަތުގައި ޖަލަށް ލާފައިވާ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރީ ރަނގަޅަށް ކަމ...

02 Nov 2015 | 10:24

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން ގައުމަށް ގައްދާރުވިކަމުގެ ތުހުމަތުގައި ޖަލަށް ލާފައިވާ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިގޮތަށް ހައިކޯޓުން ކަނޑައަޅާފައިވަނީ އަދީބުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށްކަމަށްބުނެ އެ މަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކޮށްފައިވާ މައްސަލަ ހައިކޯޓުން ބެލުމަށް ފަހުގަ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް ނައިބުރައީސް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ހައްޔަރުކޮށްފައިވަނީ ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގަތުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް