ނޫރު މަރާލި މައްސަލައިގާ ދައުވާ ލިބޭ ކުއްޖަކު މެރުމަށް ހުކުމް ކޮށްފި

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކައިރިން ވަޅިން ހަމަލާދީ މަރާލާފައިވާ މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅު މަރުގެ މައްސަލައިގާ ދައުވާ ލިބޭ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ. މ...

02 Nov 2015 | 07:21

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކައިރިން ވަޅިން ހަމަލާދީ މަރާލާފައިވާ މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅު މަރުގެ މައްސަލައިގާ ދައުވާ ލިބޭ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިއަދު ކުރި ހުކުމްގައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ލިބުނު ކުއްޖާ ނޫރުގެ ވާތްފަރާތު އަރިކައްޓަށް ވަޅިހެރިތަން ފެނުނު ކަމަށް ހަތަރު މީހަކު ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާ ކަމަށެވެ.

މީގެ އިތުރުން ނޫރުގެ މަރުސާބިތުކުރި ލިޔުމާއި ޑެތްސަމަރީއަށް ބެލިއިރު، އޭނާ މަރުވާން ދިމާވި ސަބަބަކީ އޭނާގެ ވާތްފަރާތު އަރިކަށްޓަށް ތޫނުއެއްޗަކުން ލިބުނު ޒަޚަމުގެ ސަބަބުން ހަށިގަނޑުގެ މައިނާރެއް ފޫއަޅުވާލައި ލޭމަނާނުވެ ގިނައަދަދަކަށް ހަށިގަނޑުން ލޭ ބޭރުވެ ހަށިގަނޑުގައި ލޭ ދައުރުވުން ހުއްޓި އަދި ފުއްޕާމެއަށް ލޭއެޅި ޝޮކަކަށް ގޮސްގެން ނޭވާލާން އުނދަގޫވެ ނޭވާ ހުއްޓިގެންކަން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް