ޝުމްބާގޮންގު ރާއްޖެ ގެނެސް ދޫނިދޫގައި ހައްޔަރުކޮށްފި

ފުލުހުން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން ޝްރީލަންކާއިން ހައްޔަރުކުރި އަޙްމަދު އަޝްރަފް (ޝުމްބާގޮންގް) ، ޅ. ހިންނަވަރު ނައިލޯނުގެ (18އ)، މިއަދު ރާއްޖެގެނެސް ދޫނިދޫގައި ހައްޔަރު ކޮށްފިއެވެ. ފުލުހުން ބ...

02 Nov 2015 | 05:29

ފުލުހުން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން ޝްރީލަންކާއިން ހައްޔަރުކުރި އަޙްމަދު އަޝްރަފް (ޝުމްބާގޮންގް) ، ޅ. ހިންނަވަރު ނައިލޯނުގެ (18އ)، މިއަދު ރާއްޖެގެނެސް ދޫނިދޫގައި ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބަލަމުންދާ މައްސަލަ އެއްގެ ތަޙުޤީޤަށް އަޙްމަދު އަޝްރަފް ހާޒިރުކުރަން ބޭނުންވެ ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން ހާޒިރު ކުރެވިފައި ނުވާތީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައި އޭނާގެ ފޮޓޯއާއެކު އިޢުލާނުކޮށްފައިވަނީ އިއްޔެ އެވެ.

ފުލުހުން ބުނީ އަޙްމަދު އަޝްރަފް ޝްރީލަންކާއިން ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންނާ ޝްރީލަންކާގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެގެ ވަގުތެއްގައި ޝަރީލަންކާ އިން ކަމަށެވެ.

އަޝްރަފް މާލެ ގެނައީ ކޮން ވަގުތަކު ކަމެއް އަދި ކޮން ފްލައިޓަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް