ރަންދިހަފަހަކަށް ހުށަހެޅި ޑިޒައިންތަކުން ތިން ޑިޒައިނެއް، ރީތީ ކޮން ޑިޒައިނެއް !؟

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާއި ގުޅުވައި، ރޭ އެމްއެމްއޭއިން އަލަށް ތައާރަފް ކުރި އައު ނޫޓް ސީރީޒް "ރަންދިހަފަހެއް" ގެ ޑިޒައިންތައް އާންމުކޮށްފައިވާއިރު މި ރީތި ނަލަ ނޫޓުތައް ޑިޒައިން ކޮށްފ...

02 Nov 2015 | 03:03

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާއި ގުޅުވައި، ރޭ އެމްއެމްއޭއިން އަލަށް ތައާރަފް ކުރި އައު ނޫޓް ސީރީޒް "ރަންދިހަފަހެއް" ގެ ޑިޒައިންތައް އާންމުކޮށްފައިވާއިރު މި ރީތި ނަލަ ނޫޓުތައް ޑިޒައިން ކޮށްފައިވަނީ އަބްދުﷲ ނަޝާތު އެވެ.

އައު ނޫޓް ސީރީޒް ރޭ ތައާރަފްކޮށްފައިވާއިރު އެމްއެމްއޭއަށް އެކި ފަރާތްތަކުން ހުށަހެޅި ޑިޒައިންތަކުގެ ތެރެއިން ގަދަ ތިނަކަށް ގޮސްފައިވާ ތިން ޑިޒައިންވެސް މިހާރު ވަނީ އެމްއެމްއޭއިން އާންމުކޮށްފަ އެވެ.

އެއީ އަބްދުﷲ ނަޝާތު ހުށަހެޅި ޑިޒައިންގެ އިތުރުން މުހައްމަދު ރައްސާމް، އިބްރާހިމް ހުސެއިން ޝިހާބު އަދި އަލީ ނިޝާފް ޑިޒައިންކޮށްފައިވާ ހުށަހެޅުމާއި އަފްޒަލް ޝާފިއު ހުށަހެޅި ޑިޒައިނެވެ.

މުހައްމަދު ރައްސާމް، އިބްރާހިމް ހުސެއިން ޝިހާބު އަދި އަލީ ނިސާފް ހުށަހެޅި ޑިޒައިން

އަފްޒަލް ޝާފިއު ގެ ޑިޒައިން

އެމްއެމްއޭއިން ބުނެފައިވަނީ އަބްދުﷲ ނަޝާތުގެ ޑިޒައިން ރަންދިހަފަހެއް ނޫޓު ސީރީޒްގައި ހިމަނާފައިވަނީ އައު ނޫޓް އުފެއްދި "ޑެ ލާ ރޫ" (De La Rue) އިން އަލުން ކުރެހުންތައް ކުރެހުމަށް ފަހުގައި ކަމަށެވެ. އަދި އެ ނޫޓަށް މުޅިން އައު ދިވެހި ފޮންޓެއް ޑިޒައިން ކޮށްފައިވާ ކަމަށާއި އެ ފޮންޓް ޑިޒައިން ކޮށްފައިވަނީ މުހައްމަދު ފަޔާޒް، އިބްރާހިމް އަރަފާތު، ޚަދީޖާ ޝަނީޒް ބުޝްރީ އަދި ހުސެއިން ފަޒީލް ކަމަށްވެސް އެމްއެމްއޭއިން ބުނެ އެވެ.

ފައިނަލް ޑިޒައިން ، މިއީ އަބްދުﷲ ނަޝާތު ހުށަހެޅި ޑިޒައިން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް