އައު 500 ރުފިޔާ ނޫޓުގައި "ފައްސަތޭކަ" ލިޔެފައިވަނީ ކުށަކުން ނޫން، އާއްމުކޮށް ކިޔާގޮތަށް: ގަވަރުނަރު

ރޭ އަލަށް ތައާރަފްކުރި ދިވެހި އައު ނޫޓް ސީރީޒް "ރަންދިހަ ފަހެއް" ގެ 500 ރުފިޔާގެ ނޫޓުގައި "ފައްސަތޭކަ" ލިޔެފައިވަނީ ކުށަކުން ނޫން ކަމަށާއި އެއީ އާއްމުކޮށް ކިޔާ ގޮތް ކަމަށް އެމްއެމްއޭގެ ގަވަރުނަރު ޑރ. ...

02 Nov 2015 | 01:44

ރޭ އަލަށް ތައާރަފްކުރި ދިވެހި އައު ނޫޓް ސީރީޒް "ރަންދިހަ ފަހެއް" ގެ 500 ރުފިޔާގެ ނޫޓުގައި "ފައްސަތޭކަ" ލިޔެފައިވަނީ ކުށަކުން ނޫން ކަމަށާއި އެއީ އާއްމުކޮށް ކިޔާ ގޮތް ކަމަށް އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.

https://twitter.com/AzeemaAdam/status/660919608472268800

އެކަމަނާ މިހެން ވިދާޅުވެފައި މިވަނީ 500 ރުފިޔާގެ ނޫޓުގައި "ފަސް ސަތޭކަ" ލިޔުމުގެ ބަދަލުގައި "ފައްސަތޭކަ" ލިޔެފައި އޮތުމުން ބައެއް ފަރާތްތަކުން މިކަމަށް ފާޑުކިޔަން ފެށުމާއި ގުޅިގެންނެވެ.

އެގޮތުން މި އިމްލާ ކުށަށް ސޯޝަލް މީޑިއާގައި ގިނަ ފަރާތްތަކަކުން ފާޑުކިޔަމުން އަންނައިރު މި މައްސަލައާއި ބެހޭގޮތުން މަޝްހޫރު ލިޔުންތެރިޔާ އޭނާގެ ފޭސްބުކް ޕްރޮފައިލްގައި ބުނެފައިވަނީ "އަޅުގަނޑުގެ ވަރަށް ގިނަ ދަރިވަރުން މިކަމާ ގުޅިގެން ސުވާލު ކުރިމަތި ކުރަމުން އަންނަ ކަމަށެވެ. އަޅުގަނޑު ހިތުން މައްސަލަ ވަރަށް ސާފު ކަމަށެވެ. ފަސް ސަތޭކަ ކިޔާއިރު އޮންނަންވާނީ ސީނު ސުކުނެވެ"

އާދަމް ނަސީރު އޭނާގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ކިތަންމެ ފަރުވާތެރިކޮށް ކަންކަން ކުރާން އުޅުނަސް އިންސާނުން ކުރާ ކަންކަމުގައި "އަތްދަށުން ދާގޮތް" ދިމާވާ ކަމަށެވެ. ހަމަ އެހެންވެ ބަލާންވީ ވަރަށް ނުބެލިގެން ނުވަތަ ގަސްތުގައި ވެވޭ އިހުމާލުންވެސް ކަންކަން ގޯސްވާ ކަމަށާއި ކުށް ގަބޫލު ކުރުމާއި އިސްލާހަށް މަރުހަބާ ކިޔުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭ ކަމަށްވެސް އާދަމް ނަސީރު ބުނެފައި ވެ އެވެ.

ލިޔުންތެރިޔާ އާދަމް ނަސީރު މިހެން ބުނެފައިވާއިރު "ލިޔުންތެރިންގެ ގުޅުން" ވެބްސައިޓްގައި ރާއްޖޭގެ އިންފޮމޭޝަން ކޮމިޝަނަރު  އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވެފައި ވަނީ "ފަސް ސަތޭކަ ރުފިޔާ" ލިޔަންޖެހޭ ތަނެއްގައި އެ ނޫޓުގައި "ފައްސަތޭކަ ރުފިޔާ" ލިޔެފައި އޮތްތަން ފެނުމުން ހިތަށް ވީ ގޮތެއް ދަންނަވާކަށް ވެސް ނޭނގުނު" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް