އައު ނޫޓް ސީރީޒް "ރަންދިހަފަހެއް" ތައާރަފް ކޮށްފި

ދިވެހި އައު ނޫޓް ސީރީޒް "ރަންދިހަފަހެއް" ތައާރަފްކޮށްފި އެވެ. މި ނޫޓު ރިލީޒްކުރުމަށް ރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތުގައި ރަންދިހަފަހެއް ތައާރަފްކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަބްދު...

02 Nov 2015 | 01:20

ދިވެހި އައު ނޫޓް ސީރީޒް "ރަންދިހަފަހެއް" ތައާރަފްކޮށްފި އެވެ.

މި ނޫޓު ރިލީޒްކުރުމަށް ރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތުގައި ރަންދިހަފަހެއް ތައާރަފްކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.

މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅުވައިގެން ނެރުނު އާ ނޫޓް ސީރީޒްގައި ހިމެނެނީ ގައި ހިމެނެނީ 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ އަދި 500 ރުފިޔާގެ އިތުރުން، އަލަށް ތައާރަފު ކުރެވޭ 1،000 ރުފިޔާގެ ނޫޓެވެ. މި އައު ނޫޓުތައް ބޭނުންކުރަން ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުން ފެށިގެންނެވެ.

މި އައު ނޫޓުތައް

ޑިޒައިން ތައްޔާރުކޮށްފައިވަނީ އަބުދުﷲ ނަޝާތެވެ. އައު ނޫޓްތައް ޗާޕުކުރެވިފައި ހުންނާނީ ޕްލާސްޓިކްގެ ބާވަތެއް ކަމުގައިވާ ޕޮލިމާގައި ކަމަށާއި ޕޮލިމާގައި ނޫޓްތައް ޕްރިންޓް ކުރަން ނިންމީ އާ ނޫޓު ސީރީޒް ޗާޕުކުރާނެ ސަބްސްޓްރޭޓްއެއް ކަނޑައެޅުމަށް ކުރެވުނު ދިރާސާތަކަށް ފަހުގައި ކަމަށް އެމްއެމްއޭއިން ކުރިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް