ފުލުހުން ރޭ ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގ.ފިލާވެލި ބަލައި ފާސްކޮށް އެ ގެއިން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެގެއަށް ފުލުހުން ވަދެފައިވަނީ ރޭ ދަންވަރު 2:00 ހާއިރު އެވެ. ބަލައި ފާސްކުރުމަށްފަހު އެގެއިން ގޮސްފައިވަނީ 3:15 ހާއިރު އެވެ.
ކަށިމާ ހިނގުމުގައި ހުންނަ އެ ގެ، ފުލުހުން ބަލައި ފާސްކޮށްފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަން ސާފުވާގޮތް ވަނީ ނުވެފަ އެވެ.
ގ.ފިލާވެލި ގެއަށް ފުލުހުން ވަދެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައިވާއިރު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން މާލެއާއި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ފަޅުރައްތަކާއި އެނޫންވެސް ތަންތަން ބަލައިފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ވަނީ ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް