ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ބަޔަކު އަތުލައިގަނެ، ޑީޕޯޓުކޮށްލައިފިއެވެ.
އިމިގްރޭޝަނުން ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރީ ކުރަމުންދިޔަ ބިދޭސީން ހޯދުމަށް ފުލުހުންނާއި ގުޅިގެން މިދިޔަ ސެޕްޓެމްބަެރު މަހު ވަނީ ޙާއްސަ އޮޕަރޭޝަންތަކެއް ހިންގާފައެވެ.
އެ އޮޕަރޭޝަނުގައި ހަށިވިއްކުމުގައި ޝާމިލްވާ ބިދޭސީ ފަސް އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މީގެތެރެއިން ތިން މީހަކު ޑީޕޯޓުކޮށްލާފައިވާއިރު، ބާކީ ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ގަވައިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ގިނަ މަސައްކަތެއް ކޮށް މިހާރު ވަނީ ގިނަ ބަޔކު ޑީޕޯޓުކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް