ދިވެހި ފުލުހުންގެ ޚިދުމަތުގެ ލ. އަތޮޅު ޕޮލިހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން އިއުލާން ކޮށްފިއެވެ.
މި މައްސަލައިގައި ތަހުގީގަށް ހާޒިރު ވުމަށް އެދި އިއުލާން ކުރީ، މާލެ. މ. ތަރިވިލާގެ، ޙުސައިން އަޙްމަދު (41އ) އެވެ.
މއޭނާ ތަހުގީގަށް ހާޒިރުކުރެވެނީ މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލުކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، 2024 އޮކްޓޫބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރު ވުމަށް ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް