އެމްއެމްއޭއިން ގަވައިދުތަކަށް ގެނައި ބަދަލުތަކަކީ ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާނުކޮށް ގެނައި ބަދަލުތަކަކަށް ވީތީ ކަންބޮޑުވަން: ޝާހިދު

ބޭރުފައިސާއާއި ބެހޭ ޤަވައިދާއި މަނީޗޭންޖިންގ ވިޔަފާރިއާއި ބެހޭ ގަވައިދަށް ގެނައިި ބަދަލުތައް ގެނެސްފައިވަނީ ކަމާ ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާކޮށްގެން ނޫންކަމުގައިވިކަމީ ކަންބޮޑުވާ ކަމެއް ކަމުގައި...

02 Oct 2024 | 10:02

ބޭރުފައިސާއާއި ބެހޭ ޤަވައިދާއި މަނީޗޭންޖިންގ ވިޔަފާރިއާއި ބެހޭ ގަވައިދަށް ގެނައިި ބަދަލުތައް ގެނެސްފައިވަނީ ކަމާ ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާކޮށްގެން ނޫންކަމުގައިވިކަމީ ކަންބޮޑުވާ ކަމެއް ކަމުގައި ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަދި މިކަމުގައި އަސަރުކުރާނެ އެއް ބަޔަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތު ކަމުގައިވާ ފަތުރުވެރިކަމަށް ވާއިރު، ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި އަދި ލިވަބޯޑުގެ މަޝްވަރާ ހޯދާ އަދި އެ ފަރާތްތަކުގެ ކަންބޮޑުވުން ތަކަށް ސަރުކާެުން ރިއާޔަތް ކުރުމަކީ މުހިންމުކަމެއް ކަމުގައި ވެސް ޝާހިދު ވިދާޅުވެފައިިވެއެވެ.

"ދިމާވެފައިވާ މައްސަލައަށް ޙައްލު ހޯދުމަށް އަޅާ ފިޔަވަޅެއްގެ ސަބަބުން އެންމެ ބޮޑު ސިނާއަތަށް ގެއްލުމެއް ލުބުމަކީ މައްސަލަ ޙައްލުވުމުގެ ބަދަލުގައި މުޅި އިޤްތިސާދަށް އިތުރު ގެއްލުމެއް ލިބިދާނެ ކަމެއް" ޝާހިދު ވިދާޅުވެފައިވެއެވެ.

ޝާހޮދު މިފަދައިން ވިދާޅުވެފައި މިވަނީ އެމްއެމްއޭއިން ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ގަވައިދުތަކަށް ބަދަލު ގެނުމުން އެކަމާއި ގުޅިގެން މަޓީއިން ނޫސްބަޔާނެއް ނެރެފައިވަނިކޮށެވެ. އެމްއެމްއޭއިން ގަވައިދަށް ބަދަލުގެނައީ ކަމާގުޅުން ހުރި ފަރާތްތަކާއި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ބުނެފައި ވީ ނަމަވެސް މަޓީއިން ބުނީ އެގޮތަށް އެއްބަސް ނުވާ ކަމަށާއި، ކަންބޮޑުވުންތައް ފާޅުކުރި ނަމަވެސް އެއަށް އިޖާބަ ދީފައި ނުވާ ކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް