އެމްއެމްއޭގެ ގައިވާއިދުތައް ގެޒެޓުކުރީ ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް އިޖާބަ ނުދީކަމަށް މަޓީއިން ބުނެފި

ޑޮލަރުގެ ދަތިކަމަށް ހައްލެއް ގެނުމަށް އެމްއެމްއޭއިން އެ އޮތޯރިޓީގެ ގަވައިދުތަކަށް ބަދަލު ގެނައީ ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަަށް އިޖާބަ ނުދީ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރ...

02 Oct 2024 | 09:31

ޑޮލަރުގެ ދަތިކަމަށް ހައްލެއް ގެނުމަށް އެމްއެމްއޭއިން އެ އޮތޯރިޓީގެ ގަވައިދުތަކަށް ބަދަލު ގެނައީ ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަަށް އިޖާބަ ނުދީ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ބުނެފިއެވެ.

އިއްޔެ އެމްއެމްއޭއިން ގެނައި ބަދަލުތަކުގެ ސަބަބުން ޑޮލަރު މާރުކުރަން ޖެހޭނީ ޓުއަރިސްޓުން އެ ފެސިލިޓީއަށް އަންނަ މިންވަރަކުންނެވެ. އެގޮތުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް500 ޑޮލަރު މާރުކުރަން ޖެހޭއިރު، ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރުކުރަން ޖެހެއެވެ.

ޑޮލަރުގެ ދަތިކަމަށް ހައްލެއް ގެނުމަށް މި ބަދަލު ގެނެސްފައިވަނީ ޓޫރިޒަމް ދާއިރާގެ މަސްލަހަތުވެރިންނާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިއަދު އެކަމާއި ގުޅިގެން މަޓީއިން ނެރެފައިވާ ނޫސް ބަޔާޏުގައި ބުނީ އެކަން އެގޮތަށް ހިނގާފައި ނުވާ ކަމަށެވެ.

މަޓީއިން ބުނީ އެމްއެމްއޭއިން އެދިވަޑައިގަތުމަކަށް އެ ޖަމުިއްޔާއާއެކު ބޭއްވުނު ބައްދަލުވުމުގައި، ބޭރު ފައިސާ އާއި ބެހޭ އާ ގަވައިދުގައި ހިިިމެދުމަށް އެ އޮތޯރިޓީން ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ، އެ ޖަމިއްޔާއިން އެއްބަސް ވެވޭނެ ކަމެއް ނޫން ކަމުގައި ދަންނަވާފައި ވާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"ގަވައިދު ގެޒެޓު ކުރެވުނު އިރު، މި ޖަމިއްޔާގެ ފަރާތުން ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް އެމްއެމްއޭގެ ފަރާތުން އިޖާބަ ދެއްވާފައި ނުވާކަން ފާހަގަކުރަން" މަޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މަޓީއިން ބުނީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެ ޖަމިއްޔާގެ ފަރާތުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް