ފޯ ސީޒަންސް ކުޑަހުރާގައި ކުނި ނައްތާލާ "ސެގްރިގޭޝަން މެޝިން" އެއް ބޭނުން ކުރަން ޒުވާނަކު ހުއްޓާ، އޮޅިގެން މެޝިނަށްް ކަރަންޓު ދެވި އެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މެޝިން ކަރަންޓު ކަނޑައިލައިގެން އެ ޒުވާނާ ހުރީ މެޝިނު ސާފު ކުރުމަށް ކަމަށާއި، އެހެން މުވައްޒަފަކަށް އޮޅިގެން މެޝިނުގެ ސްވިޗް ޖެއްސުމުން މެޝިން އެނބުރި ގަތީ އެ ޒުވާނާގެ އަތާއި އެކުގައި ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އޭނާގެ ކަނާތު އަތުގެ އިނގިލިއަށް ވަނީ ހުޅުން ނެއްޓިފައި ކަމަށާއި، އެއް އިނގިލި ޗިސްވެފައި ވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އޭނާގެ އާއިލާއިން ބުނީ، އޭނާގެ ޝަހާދަތް އިނގިލީގެ ކަށިތައް ވަނީ ފުނޑުފުނޑުވެފައި ކަމަށާއި، އިނގިލި ވަނީ ޗިސްވެފައި ކަމަށެވެ. އަދި އެހެން އިނގިލިތައް ހުޅުން ނެއްޓި، އިނގިލިތައް ހުރީ މަސްގަނޑު ފަޅާއިގެން ގޮސް ބޭރަށް ނިކުމެފައި ކަމަށެވެ.
އެގޮތުން ރޭ އޭނާ ވަނީ އެމެޖެންސީކޮށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.
އަދި މިހާރު ވަނީ އޮޕަރޭޝަނެއް ކޮށް ޝަހާދަތް އިނގިލި ފިޔަވައި އެހެން އިނގިލިތަކުގެ ހުޅުތައް ވަނީ އަޅުފައި ކަމަށާއި ހަފްތާއެއްހާ ދުވަސް ފަހުން އަދި ޝަހާދަތް އިނގިލީގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ވެސް އޭނާގެ އާއި.ާއިން ވަނީ ބުނެފައެވެ.
އެ ޒުވާނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް