މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހަށް ހާޒިރުވާން އަންގައި މީހެއްގެ ވަނަވަރު ހާމަކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުސް އިދާރާއަށް ހާޒިރުވާން އަންގައި މީހެއްގެ ވަނަވަރު ދިވެހި ފުލުހުން މިއަދު ހާމަކޮށްފިއެވެ. ހާޒިރުވާން އަންގާފައިވަނީ ހދ. ނޮޅިވަރަންފަރު، އޯކިޑްޕެލަސް، އުމުރުން 39...

02 Oct 2024 | 06:22

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުސް އިދާރާއަށް ހާޒިރުވާން އަންގައި މީހެއްގެ ވަނަވަރު ދިވެހި ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ހާޒިރުވާން އަންގާފައިވަނީ ހދ. ނޮޅިވަރަންފަރު، އޯކިޑްޕެލަސް، އުމުރުން 39 އަހަރުގެ އަހްމަދު ފިރްޝަވްމު އަށެވެ.

ފުލުހުން ބުނެފައިވާގޮތުގައި ހާޒިރުވުމަށް އަންގައި އިއުލާނުކުރީ ވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް މި މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ނުވަތަ ވީ އެންމެ އަވަހަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް