ކުއްޖަކު ރަހީނުކޮށް ބްލެކްމެއިލްކުރިކަމަށްބުނާ މައްސަލަ މިދަނީ ބަލަމުން: ފުލުހުން

ލ.ގަމުގައި ސްކޫލު ކުދިންތަކެއް ކުއްޖަކު ރަހީނުކޮށް ބްލެކްމެއިލްކުރިކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ. އެގޮތުން މިއަދު ހެނދުނު ފުލުހުން ބުނެފައިވަނީ، ސޯޝަލް މީޑިއާއިން އ...

02 Oct 2024 | 04:39

ލ.ގަމުގައި ސްކޫލު ކުދިންތަކެއް ކުއްޖަކު ރަހީނުކޮށް ބްލެކްމެއިލްކުރިކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

އެގޮތުން މިއަދު ހެނދުނު ފުލުހުން ބުނެފައިވަނީ، ސޯޝަލް މީޑިއާއިން އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެކަމާއި ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުއްޖާގެ މަންމަ މިކަމާއި ގުޅިގެން ސޯސަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާ ނިދާފައި އޮއްވާ ކުޑަދޮރުން ކޮޓަރިއަށް ވަދެ، ނުގޮސްފި ނަމަ މަރާލާނެ ކަމަށް ބުނެ ބިރުދައްކާ، ރުއްގަނޑުތެރެއަށް ގެންގޮސް އެ ކުއްޖާ ބަރަހަނާކޮށް ދަނޑިބުރިއަކުން ތަޅާ ވީޑިއޯއެއް އެ ކުދިންތައް ނަގާފައިވާ ކަމަށެވެ. އަދި ރުފިޔާ ނުދީފި ނަމަ ވީޑިއޯ ލީކު ކޮށްލާނެ ކަމަށް ބުނެ ބްލެކްމެއިލް ކޮށްފައިވާ ކަމަށާއި، އެ އުމުރުފުރައިގެ ކުދިން ތިބި ގުރޫޕަކަށް އެ ވީޑިއޯ ލާފައި ވާކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

މި އަމަލަކީ ގްރޭޑް9އެއްގެ ދަރިވަރަކު އިސްވެ ހުރެގެން ކުރި ކަމެއް ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް