ލ.ގަމުގައި ސްކޫލު ކުދިންތަކެއް ކުއްޖަކު ނިދާފައި އޮއްވާ ކުޑަދޮރުން ވަދެ އެ ކުއްޖާ ރަހީނުކޮށް ބިރުދެއްކި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
ކުއްޖާގެ މަންމަ މިކަމާއި ގުޅިގެން ސޯސަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާ ނިދާފައި އޮއްވާ ކުޑަދޮރުން ކޮޓަރިއަށް ވަދެ، ނުގޮސްފި ނަމަ މަރާލާނެ ކަމަށް ބުނެ ބިރުދައްކާ، ރުއްގަނޑުތެރެއަށް ގެންގޮސް އެ ކުއްޖާ ބަރަހަނާކޮށް ދަނޑިބުރިއަކުން ތަޅާ ވީޑިއޯއެއް އެ ކުދިންތައް ނަގާފައިވާ ކަމަށެވެ. އަދި ރުފިޔާ ނުދީފި ނަމަ ވީޑިއޯ ލީކު ކޮށްލާނެ ކަމަށް ބުނެ ބްލެކްމެއިލް ކޮށްފައިވާ ކަމަށާއި، އެ އުމުރުފުރައިގެ ކުދިން ތިބި ގުރޫޕަކަށް އެ ވީޑިއޯ ލާފައި ވާކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.
މި އަމަލަކީ ގްރޭޑް9އެއްގެ ދަރިވަރަކު އިސްވެ ހުރެގެން ކުރި ކަމެއް ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.
މިކަމާއި ގުޅިގެން ފުލުހުުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ކުޑަކުދިނންނާއި ގުޅުން ހުރިެ މައްސަލަތަކަކީ ދިވެހި ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލަތަކެްއް ކަމަށް މީގެކުރިން ފުލުހުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް