ސޯޝަލް ސެންޓަރު މިހާރު ހުންނާނީ ފިނިކޮށްދީފަ: މަހްލޫފް

ސޯޝަލް ސެންޓަރު މިހާރު ހުންނާނީ ފިނިކޮށްދީފައި ކަމުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މަހްލޫފް މިހެން ވިދާޅުވީ މަލާމާތުގެ ރާގެއްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވިންކް އޯޖީއަކާއެކު ...

02 Oct 2023 | 17:46

ސޯޝަލް ސެންޓަރު މިހާރު ހުންނާނީ ފިނިކޮށްދީފައި ކަމުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ މަލާމާތުގެ ރާގެއްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވިންކް އޯޖީއަކާއެކު ހަމަ ބުނެލީ ކަމަށް ވިދާޅުވެ މަހްލޫފް ވިދާޅުވެފައިވަނީ ސޯޝަލް ސެންޓަރު މިހާރު ހުންނާނީ ބޮޑެތި އެއްވުންތައް ބޭއްވޭވަރަށް ފިނިކޮށްދީފައި ކަމަށެވެ.

މަހްލޫފް އެ އިޝާރާތް ކުރެއްވީ ޑރ. މުއިއްޒު ރައީސް ކަމަށް ހޮވުމުން އުފާ ފާޅުކުރުމުގެ ހަރަކާތަށް ސޯޝަލް ސެންޓަރު ހިޔާރުކޮށް މިރޭ އެ ހަރަކާތް ސޯޝަލް ސެންޓަރުގައި ބާއްވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް އޭސީކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި ސައުތު އޭސިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް