ނަޝީދަށް ދިން ހަމަލާއަށް އިންސާފު ހޯދަދޭނަން: ޑރ. މުއިއްޒު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސިން ބޮމުގެ ހަމަލާއަށް އިންސާފު ހޯދައިދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ލިބި...

02 Oct 2023 | 16:53

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސިން ބޮމުގެ ހަމަލާއަށް އިންސާފު ހޯދައިދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަ ކުރެއްވުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، މި ސަރުކާރުގައި ނަޝީދަށް އިންސާފު ލިބިވަޑައި ނުގެންނެވި ކަމަށެވެ. ނަމަވެސް އެމަނިކުފާނު ނަޝީދަށް އިންސާފު ހޯދައިދެއްވާނެ ކަމަށެވެ.

ނަޝީދުގެ ގެކޮޅު، ކެނަރީގެއިން ނުކުމެވަޑައިގެން، މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް ދެ ބޮޑީގާޑުންނާއެކު ވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލީ 2021 ވަނަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހުއެވެ.

އެ މައްސަލައިގައި، މީގެ ހަފްތާއެއްގާ ދުވަސް ކުރިން ހުކުމް ކޮށްފައި ވަނީ، ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކު ފަސް އަހަަރަށް ޖަލަށް ލުމަށެވެ.

ނަމަވެސް، ބޮން ގޮއްވުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވާ ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމުގެ މައްޗަށް އުފުލި ދައުވާ ސާބިތެއް ނުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް