އައިފޯން 15 ޕްރޯ ހޫނުވާ މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ގެނެސްދޭނަން: އެޕަލް

އައިފޯން 15 ޕްރޯ ހޫނުވުމަކީ ވަގުތީ އަދި ފިކްސްކުރެވޭ މައްސަކައެއްކަމަށާއި، އެކަމަށް ހައްލެއް ހޯދޭނެ  ސޮފްޓްވެއާ އަޕްޑޭޓް ވަރަށް އަވަހަށް ނެރޭނެކަމަށް އެޕަލްއިން ބުނެފިއެވެ. އައިފޯން 15 ޕްރޯ ބޭނުންކުރާ...

02 Oct 2023 | 16:36

އައިފޯން 15 ޕްރޯ ހޫނުވުމަކީ ވަގުތީ އަދި ފިކްސްކުރެވޭ މައްސަކައެއްކަމަށާއި، އެކަމަށް ހައްލެއް ހޯދޭނެ  ސޮފްޓްވެއާ އަޕްޑޭޓް ވަރަށް އަވަހަށް ނެރޭނެކަމަށް އެޕަލްއިން ބުނެފިއެވެ.

އައިފޯން 15 ޕްރޯ ބޭނުންކުރާ ބައެއް މީހުންގެ ޝަކުވާތަކަށް އެޕަލް އިން ރައްދު ދެމުން ބުނީ އެއީ ޙައްލު ނުކުރެވޭނެ މައްސަލައެއް ނޫންކަމަށެވެ.

އައިފޯން 15 ޕްރޯ ބޭނުންކުރާ ބައެއް ފަރާތްތަކުން ފޯނު މާ ބޮޑަށް ހޫނުވުމުގެ މައްސަލަތައް ރިޕޯޓްކޮށްފައިވާއިރު، އެޕަލް އިން ވަނީ މި މައްސަލަ ބަލައިގަނެ، އެކަން ހައްލުކުރުމަށް ވަރަށް އަވަހަށް ސޮފްޓްވެއާ އަޕްޑޭޓެއް ނެރޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އެޕަލް އިން ބުނީ އޯވަހީޓިން އަކީ އާ ޓައިޓޭނިއަމް ބޮޑީ ޑިޒައިނާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.

އެގޮތުން ސެޓަޕްގެ ތެރޭގައި ބެކްގްރައުންޑް އެކްޓިވިޓީ އިތުރުވުމުގެ ސަބަބުން ނުވަތަ ބެކަޕަކުން ރިސްޓޯރޭޝަން ކުރުމުގެ ސަބަބުން އިނިޝިއަލް އޯވާހީޓިން ދިމާވެދާނެ ކަމަށާއި، އެކަން ވަގުތުން ދަށްވާން ޖެހޭ ކަމަށެވެ.

ހޫނުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދޭނެ ސޮފްޓްވެއާ އަޕްޑޭޓް އަންނާނެ ވަކި ތާރީހެއް އެޕަލް އިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ކުންފުނިން ބުނީ އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

ހޫނުވުމުގެ މައްސަލަ ދިމާވާ ފަރާތްތަކުން އަޕްޑޭޓް ލިބުމާއެކު ޑިވައިސްތައް އަޕްޑޭޓް ކުރުމަށް އެޕަލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް