މި ގައުމުގައި ތިބި ބޭރުގެ ސިފައިން ބާލާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވެވުމާ ގުޅިގެން އެ ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަށް ތާއީދު ކުރާ ހުރިހާ ގައުމަކަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ކަމަށެވެ.
ޕީޕިއެމް/ޕީއެންސީއިން އިދިކޮޅު ކޯލިޝަންގެ ގޮތުގައި އޮތްއިރު އެންމެ ބޮޑަށް ދައްކާ ވާހަކައަކީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ތިބުމާ ދެކޮޅު ކަމެވެ. އަދި އެކަމާ ގުޅިގެން ގިނަ ހަރަކާތްތައްވެސް ހިންގިއެވެ.
އެގޮތުން "އިންޑިޔާ އައުޓް" ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ޖަލަށް ލެއްވުމުގެ ކުރިންވެސް ޕީޕީއެމްއިން ހިންގަމުން ދިޔަ ހަރަކާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް