އައްޑޫ ސިޓީ ހިތަދޫ ފެހެލެ ކިޅި ސަރަހައްދުގެ ވަލުތެރޭގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯވެ ހާދިސާއެއް ހިގައިފިކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން މިހާރު ދަނީ ހަރަކާތްތެރިވަމުންކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައިއެވެ.
https://twitter.com/MNDF_Official/status/1708852814573912442
މި ހާދިސާ ހިގަން މެދުވެރިވި ސަބަބެއް ނުވަތަ ހިނގި ވަގުތެއް މިހާހިސާބަކަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.
މިހާރަކަށް އައިސް އަލިފާނުގެ ހާދިސާތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ހިނގަމުންނެވެ. މިކަމަށް ސަމާލުވުމަކީ ހުރިހާ ރައްޔިތުންވެސް ކުރަންޖެހޭކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް