ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސޯޝަލްމީޑިޔާގެ ޕްލެޓްފޯމްތައް ބޭނުން ކުރަން ފަށައިފިއެވެ.
އެގޮތުން ޔާމީން ވަނީ މިހާރު ވައިބަރ އާއި ޓެލެގްރާމް ބޭނުން ކުރަށް ފަށާފައެވެ.
ޖަލު ހުކުމެއްގައި ހުންނެވުމަށްފަހު ޔާމީން ގޭ ބަންދަށް ބަދަލު ކުރައްވާފައި ވަނީ އިއްޔެއެވެ.
ޔާމީން ގެއަށް ވަޑައިގެންނެވުމަށް ކާރުކޮޅުން ފައިބާ ވަޑައިގެންނެވުމުން އެންމެ ފުރަތަމަ މަރުހަބާ ދަންނަވާފައި ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ
އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައިވެސް އެންމެ ފުރަތަމަ އެދިލެއްވި ކަމަކީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމެވެ. ރައީސް ސޯލިހް ކުރެން ޑރ. މުއިއްޒު އެކަމަށް އެދިލައްވަމުން ވިދާޅުވީ އެކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވޭނެ ކަމަށާއި އަދި އެކަމަށް ވަރަށް އިހްތިރާމާއެކު އެދިލައްވާކަމަށެވެ.
އެކަމުގެ އުފަލުގައި މިވަގުތު ޔާމިންއަށް ސަޕޯޓު ކުރަައްވާ ގިނަ އަދަދެއްގެ މީހުން ވަނީ ޔާމީންގެ ގެކޮޅު ކައިރިއަށް ޖަމާވެ އުފާ ފާޅު ކޮށްފައެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް