މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒައަށް ފަހުގެ އައިފޯނު ލިބިއްޖެއެވެ.
އެ އުފާވެރި ހަބަރު ސަޕޯޓަރުންނާ އައްޒަ ހިއްސާ ކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައެވެ. ފޯނުގެ ފޮޓޯއަކާއެކު އައްޒަ ވަނީ ފިރިމީހާ އަބްދުﷲ މުއާޒްއަށް ޝުކުރު އަދާކޮށްފައެވެ.
އައްޒަ ބުނެފައި ވަނީ، ފޯނު ފެނުމުންވެސް އެކަން ލޮލަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި މުއާއަކީ އެންމެ 'ބެސްޓެސްޓް' ފިރިމީހާ ކަމަށެވެ. ސަޕްރައިޒެއް ގޮތަށް މުއާ ގަނެދީފައި ވަނީ އަޅި ކުލައިގެ އައިފޯނެކެވެ.
އެޕަލްގެ އެންމެ ފަހުގެ އައިފޯނު ލޯންޗް ކޮށްފައި ވަނީ މިދިޔަ މަހުގެ މެދުތެރޭގައެވެ. މިހާރު ރާއްޖެއިންވެސް އެންމެ ފަހުގެ އައިފޯނު ލިބެން އެބަހުއްޓެވެ.
އެޕަލްގެ އެންމެ ފަހުގެ ފްލެގްޝިޕް ސްމާޓްފޯން، އައިފޯން 15 ނެރުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޕަލް އަށް ޝައުގުވެރިވާ ފަރާތްތަކާއި ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކުން ދަނީ އުފާފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް