ޅ. ނައިފަރުން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ނައިފަރުން އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގައި ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދުނީ އިއްޔެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ޅ. ނައިފަރު / ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (13އ) އެވެ. ފުލުހުން ބުނީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
“ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 28 ވަނަ ދުވަހު ހަވީރު ނައިފަރުން ކަމާ އޭރު ލައިގެންހުރީ މުށިކުލައިގެ ޓޮޕަކާއި މަޑުނޫކުލައިގެ ޖީންސެއް ކަމާއި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ” ފުލުހުން ބުނެފައިވެއެވެ.
މިއަދު ފުލުހުން މައުލޫމާތުދިން ގޮތުގައި، މިހާރު އެކުއްޖާ ވަނީ ފެނިފައެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް