ޓްރާންޒިޝަން ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އަދުރޭ

ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށްގެންދާ އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް )އަދުރޭ( ހަމަޖައްސައިފިއެވެ. އެ މަގާމަށް އަދުރޭ ހަމަޖައްސާފައިވަނީ ސިވިލް ސާވިސް ކޮމިޝަ...

02 Oct 2023 | 11:37

ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށްގެންދާ އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް )އަދުރޭ( ހަމަޖައްސައިފިއެވެ.

އެ މަގާމަށް އަދުރޭ ހަމަޖައްސާފައިވަނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. އަދުރޭގެ މަގާމަކީ މި މަރުހަލާގައި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންޒިޝަންގެ މަގާމެވެ.

އެ މަގާމަށް އަދުރޭ ހަމަޖެއްސުމާއެކު ޓްރާންޒިޝަން ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އަދުރޭ ފައްޓަވާނެއެވެ.

އަދުރޭ އަކީ ޕީޕީއެމް/ޕީއެންސީވެސް ހިންގެވުމާއި ހަވާލުވެ ހުންނެވި އެންމެ އިސް ވެރިޔާ އެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރެއްވި އަދުރޭ ވަނީ ޑރ. މުއިއްޒުގެ ކެމްޕޭނުގައިވެސް އެންމެ އަރިހުން މަސައްކަތް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް