ފުލުހުންގެ އޮޕަރޭޝަނަލް ލެވެލް ދަށްކޮށްފި

ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް ލެވެލް މަތިކުރި ކުރުން ދަށްކޮށްފިއެވެ. މިކަން ހާމަކޮށް ފުލުހުން މިއަދު ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކ...

02 Oct 2023 | 09:27

ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް ލެވެލް މަތިކުރި ކުރުން ދަށްކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން މިއަދު ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށްގެންދިޔަ ކާމިޔާބު އޮޕަރޭޝަނަށް ފުލުހުންގެ އޮޕަރޭޝަން ލެވެލް ތިނަކަށް މަތިކުރުމަށްފަހުމިހާރު ވަނީ ލެވެލް އެކަކަށް ބަދަލުކޮށްފައި ކަމަށެވެ.

އިންތިހާބުގެ އެންމެހާ ކަންކަން އަމާން އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބުނު އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް