ގައުމީ މަޖިލީހުގެ 99 އިންސައްތަ ރައީސް ނަޝީދަށްވެސް ބަރުލަމާނީއަށްވެސް ރުހުމެއް ނެތް: ރައީސް ސޯލިހް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ 99 އިންސައްތަ ރޫހު ހުރީ ރައީސް ނަޝީދަށްވެސް އަދި ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނުމުގެ ރޫހު ކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާ...

02 Oct 2023 | 07:16

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ 99 އިންސައްތަ ރޫހު ހުރީ ރައީސް ނަޝީދަށްވެސް އަދި ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނުމުގެ ރޫހު ކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު އެކަމާ އެއްޗެއް ބުނަން ނެތް ކަމަށާއި އެހެން ނަމަވެސް ޕާޓީއަށް މެމްބަރުން ވަންނަން ވާނީކީ ވަކި އަދަދެއްގެ އަގުލަބިއްޔަތެއް، ތާއީދެއް އޮވެގެންކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ޕާޓީއަށް މެންބަރުން ވަނުމުގެ އުސޫލެއް ޕާޓީގެ ތެރޭގައި އޮންނާނެ ކަމަށެވެ. އެ އުސޫލުން ކުރިއަށްދިޔައިމާ ޕާޓީން ވަކި ގޮތެއް ނިންމާނެ ކަމަށެވެ.

ރައީސް ނަޝީދު އެމްޑީޕީއާ ގުޅެން ރައީސް ސޯލިހް ތާއީދުކުރައްވާތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރެއްވުމުން އެންމެ ފަހުން ވިދާޅުވީ އެމްޑީޕީއަކީ ވަކި މީހަކު ގުޅުމުން ނުވަތަ ވަކި މީހަކު ވަކިވުމުން ވާކަމެއް ނޫން ކަމަށެވެ. އަދި ރައީސް ސޯލިހް ނެތް ނަމަވެސް އެމްޑީޕީ އެމްޑީޕީގެ ގޮތުގައި ކުރިއަށްދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް