ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ތައްޔާރު ވެވުނުނަމަ ނުކުންނާނީ މި ނަތީޖާއެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ފުރަތަމަ ބުރު ގެއްލެން ދިމާވީ ފުރަތަމަބުރުގައި ތައްޔާރު ނުވެވުމުން ކަމަށެވެ. އަދި ފުރަތަމަ ބުރުގައި އެމްޑީޕީއަށް ލިބުނި ވޯޓުގެ އިންސައްތައިގެ ސަބަބުން ޕާޓީގެ ތެރޭގައި 'ކޮންފިޑެންސް' ގެއްލުނު ކަމަށެވެ.
" އެދުވަހު ފުރަތަމަ ބުރަށް ތައްޔާރުވެވުނު ނަމަ މި ނަތީޖާއެއް ނޫން ނިކުންނާނީ" ރައީސް ވިދާޅުވިއެވެ.
އިންތިހާބު ކާމިޔާބު ނުވި އިތުރު ސަބަބެއް ކަމަށް ރައީސް ވިދާޅުވީ، ޕާޓީން ވަކިވެގެން ދިޔަ 'ބައެއްގެ' ސަބަބުންނެވެ. ނަމަވެސް މިއީ އެވާހަކަ ދައްކަންވީ ވަގުތު ނޫންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިއީ އެ އިލްޒާމް ވަކި ބައެއްގެ ބޮލުގައި އަޅުވަންވީ ވަގުތު ނޫން ކަމަށެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ، ސަރުކާރާ ގުޅިގެން ދައްކަމުންދިޔަ ދޮގު ވާހަކަތަކާއި ހަގީގަތެއް ނެތި އޮޅުވާލުން އޮޅުވާލަމުން ދިއުމަކީވެސް އިންތިހާބުގެ ނަތީޖާއަށް އަސަރު ކުރުވި ކަމެއް ކަމަށެވެ. އެހެންކަމުން، ހަގީގަތް ހާމަކުރުމުގައި ދައްކަންވީ ވާހަކަ ނުދެއްކި، ހާމަ ނުކުރެވުނީ ކަމުގައި ވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް ހަގީގަތް އޮޅުންފިލުވައިދޭން އެހާ ބޮޑަށް މަސައްކަތް ނުކުރެއްވީ، އޮޅުވާލައިގެން ކަމެއް ކޮށްފައި ނެތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް