ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިނުލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ދެން ކުރައްވާނެ މަސައްކަތަކީ އެމްޑީޕީ ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށާއި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވާ ވަރުގަދަކޮށް ވަރުގަދަ އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމުގައި ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވެފައިވާއިރު އެ މަގާމަށް ކުރިމަތިލައްވަފާނަންތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރިމަތިކުރުމުންވެސް އެކަމަށް ސީދާ ޖަވާބެއް ނުދެއްވައެވެ.
ވިދާޅުވީ މިވެރިކަން ނިމެންދެން ހުންނާނީ އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ މަގާމުގައި ކަމުން ޕާޓީ ވަރުގަދަކުރުމުގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށެވެ.
މީގެ އިތުރުން ނޫހަކު ކޮލަމެއް ލިބިއްޖެނަމަ ކޮލަމް ލިޔުއްވާނެ ކަމަށާއި ނޫސްވެރިކަން ކުރުމާއި ކެމެރާއެއް ހިފައިގެން ފޮޓޯ ނަގަން އުޅުމަކީ ކުރާ ހިތްވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ނޫހަކުން އެ ފުރުސަތު ދެއްވުމަށްވެސް އެދިލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް