ދިވެހިރާއްޖެއަށް އެންމެ ފައިދާ ބޮޑީ ރިޔާސީ ނިޒާމު ކަމަށް ދެކިލައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، އެކަމުގައި އެމްޑީޕިއިން ވަކި ގޮތެއް ނިންމަވާނެ ކަމަށެވެ. ނަމަވެސް އެކަމާ އެމަނިކުފާނުގެ އަމިއްލަ ހިޔާލެއް ދޭނަމަ، ރާއްޖެއަށް ބަރުލަމާނީ ނިޒާމަށްވުރެ ރިޔާސީ ނިޒާމުން ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ދެކިލައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީއަށް މީހުން ވަނުމުގަ ވަކި މީހަކު ގައުމީ މަޖިލީހުގެ 50 ޕަސެންޓް ހޯދުން އެއީ އޮންނަ ގޮތެއް ނޫން ކަމަށާއި ޕާޓީން ބަލައިގަންނަ މީހެއްތޯ ނިންމާނެ ހަމަތައްވެސް ހުންނާނެ ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް ވަންނަން ހުށަހެޅޭނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ޕާޓީގެ އެތެރެއިން އެކަންކަން ނިންމޭނެ ކަމަށެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މީހުންގެ ތާއިދު މުހައްމަދު ނަޝީދަށް އޮތް ނަމަ، އަލުން އެމްޑީޕީއާ ގުޅެން ތައްޔާރަށް ހުންނެވު ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ..
ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށްޓަކައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެކަމާމެދު އެމަނިކުފާނުގެ ޕާޓީ ޑިމޮކްރެޓްސްއިން ދަނީ އެކަމާމެދު ވެރިކަން ކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕިއެމް ކޯލިޝަނާ މަޝްވަރާ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް