ގާނޫނީ ހުރަހެއް ނެތް ނަމަ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
2013 ވަނަ އަހަރާއި ހަމައަށް ރިޔާސީ ދައުރު ފެށޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. އެއީ އޭގެ 55 އަހަރު ކުރިން 1968 އިން ފެށިގެން އަމަލުކުރަމުން އައި ގޮތެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް 2013 ގައި ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެ ތާރީހު ނޮވެމްބަރު 17 އަށް ބަދަލުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ނޮވެމްބަރު 11 އަކީ ތާރީހުގައި ވެރިކަންތައް ބަދަލުވަމުން އައި ދުވަސް ކަމަށެވެ. އަދި އެ ދުވަހު ހުވާ ކުރުމަށް މަސައްކަތްތައް ކުރާނެ ވާހަކަ މީގެކުރިންވެސް ދަންނަވާފައި ވާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ގާނޫނީ ގޮތުން ހުރަހެއް ނެތްކަމަށްވާނަމަ، އެދުވަހު އިންތިހާބީ ރައީސް ހުވާ ކުރުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެހެންކަމުން އެކަމަށް ގާނޫނީ ރަހެއް އޮތްތޯ ނުވަތަ ނެތްތޯ ބަލަމުން ދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް