އާ ރައީސަކު އިންތިހާބުވެ އިންތިގާލީ މަރުހަލާ ފަށާއިރު ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ)ތަކުގެ ވެރިން ބައެއް ވަޒީރުން ފުރުން މަނާކުރަންޖެހޭ ކަމުގައު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކުރުމާއެކު އިންތިގާލީ މަރުހަލާގައި އެންމެ ބޮޑު ސަމާލުކަން ދޭންޖެހޭ ދެ ކަމަކީ އިބޫގެ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާ ގުޅޭ ލިޔެކިޔުންތަކަށް ބަދަލުގެނައުމާއި ނައްތާލުމުގެ ފުރުސަތު ނުދިނުމާއި ބޭރު ސިފައިންނާ ގުޅޭ އެއްބަސްވުންތަކާ ކަނޑު ވިއްކުމާ ގުޅޭ ލިޔުންތައް ބެލެހެއްޓުން ކަމަށެވެ.
"މި ދެކަމުގައި ޒިއްމާ އުފުލަންޖެހޭ ކުންފުނިތަކުގެ ވެރިން، ސްޓެލްކޯ ޝަރީފު، ފެނަކަ ސައީދު، މޫކޭ، އެމްޓީސީސީ އާދަމް، އަދި ފައިނޭންސސް އަމީރު، ރިއްފަތު، މާރިޔާ ފަދަ މީހުން ފުރުން މަނާކުރަންޖެހޭ" ޖަމީލް ވިދާޅުވެފައިވެއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ މިއީ އަޅުވެތިކުރުމާއި ޗޯރު/ވައްކަމާއި ދެކޮޅަށް ރައްޔިތުން ދިން ވޯޓެއްކަން ހަނދާންކުރަންވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް